ހއ.ދިއްދޫގައި ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތެެއްގެ މެޗެއްގައި، ސަޕޯޓަރުންނާއި، ކުޅުންތެރިން ދަނޑުތެރޭގައި ހަމަނުޖެހުން ހިންގާ، ދަނޑުގެ މެޓްތަކަށާއި، އަދި ދަނޑުގައި ހުރި އެހެން ސާމާނުތަކަށް ގެއްލުން ދިން މައްސަލައިގަ އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ދިއްދޫގައި މިހާރު ކުރިއަށްދާ ކައުންސިލް ފުޓްސަލް މުބާރާތުގައި އިއްޔެރޭ 23:00 ގައި ކުޅުނު މެޗްގައި ދެ ޓީމުގެ ދެމެދުގައި ހަމަނުޖެހުން ތަކެއް ހިނގާ، ދެ ޓީމުގެ ސަޕޯޓަރުންނާއި ކުޅުންތެރިން ދަނޑުގެ މެޓް ހަލާކުކޮށް، މުބާރާތަށް ދަނޑަށް ގެނެސްފައިވާ ގޮނޑިތަކަށްވެސް ގެއްލުން ދީފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެމައްސަލައިގަ ރިޕޯޓް ފުލުހުންނަށް ލިބުމުން އެސަރަހައްދަށް ގޮސް، ތަނުގެ މަސްލަތަހަށް ބަލައި، ހަމަނުޖެހުން ކޮންޓްރޯލު ކޮށް ދެ ޓީމުގެ މެމްބަރުންނާއި ވާހަކަދައްކައި، އެމައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި އެސަރަހައްދުގައި އިތުރު ހަމަނުޖެހުމެއް ހިންގަފާނެކަމަށް ބެލެވޭތީ، ފަހުން މެޗް ކުރިއަށް ގެންދިޔައިރު ފުލުހުން އެތަން ސެކިއުރިޓީ ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. އަދި ފުލުހުން އެއްވެސް މީހަކު ހައްޔަރުކޮށްފައެއްވެސް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *