ރާއްޖޭގެ ހުރިހާ ހިސާބެއްގެ ސުކޫލުތަކުގައި، ހެނދުނު ނާސްތާ ދިނުމުގެ ޕްރޮގްރާމު ފަށައިފިއެވެ.

މިއަދު ހެނދުނު، ތާޖުއްދީން ސުކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރާއްޖޭގެ ހުރިހާ ސުކޫލެއްގައި، ހެނދުނު ނާސްތާ ދިނުމުގެ ޕްރޮގްރާމު އިފްތިތާހު ކޮށްދެއްވީ، ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ކިޔަވާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ. 

ހުރިހާ ސުކޫލުތަކެއްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމްއަކީ ދައުލަތުގެ ބަޖެޓުން، 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. 

މިއަދު ނާސްތާ ޕްރޮގްރާމު އިފްތިތާހު ކުރެއްވުމަށް ތާޖުއްދީން ސުކޫލުގައި ބޭއްވި ރަސްމިޔައްތުގައި ވަނީ، އެޑިއުކޭޝަން މިނިސްޓަރ ވެސް ބައިވެރިވެވަޑައިގަންނަވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، އެ ޕްރޮގްރާމަކީ ރައީސް ޞާލިހު ވަރަށް އަހައްމިއްޔަތު ކަމެއް ދެއްވާ ޕްރޮގްރާމެއް ކަމަށާއި އެއީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ރަނގަޅު ނަތީޖާއެއް ހޯދަން ދަރިވަރުންނަށް ލިބޭ އެންމެ ފަހި ފުރުސަތު ކަމަށެވެ. އަދި ދުވަހުގެ ފެށުން ރަނގަޅު ވެއްޖެނަމަ މުޅި ދުވަސް ރަނގަޅު ދުވަހަކަށް ވެގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެޑިއުކޭޝަން މިނިސްޓަރ، ޑރ. އައިޝަތު އަލީ ވިދާޅުވީ، މުޅި ރާއްޖެއަށް ނާސްތާ ޕްރޮގްރާމް ފުޅާ ކުރެވިގެން ދިއުމަކީ ކިޔަވާ ކުދިންނަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެޕްރޮގްރާމް ޕައިލެޓް ކުރެވުނު ސްކޫލްތަކުން އެފަދަ ހެޔޮ ބަދަލުތައް ފެންނަމުންދާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *