މިދިޔަ މަހު ދައުލަތުގެ ޓްކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާ މެދުވެރިކޮށް ދައުލަތަށް 1.09 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ. 

މިރާއިން އާއްމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން ހުސްވި މަހު ލިބުނު އާމްދަނީގެ އަދަދަކީ ނިމިދިޔަ އަހަރުގެ މޭމަހު ލިބުނު އާމްދަނީގެ އަދަދަށްވުރެ 3.4 އިންސައްތަ އިތުރު އަދަދެކެވެ. އަދި އެއީ މޭމަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 5.5 އިންސައްތަ ދަށް އަދަދެކެވެ.

މީރާއިން ހާމަކުރާ ގޮތުގައި މިދިޔަ އަހަރުގެ މޭމަހާއި އަޅާ ބަލާއިރު އާމްދަނީ އިތުރުވެފައިވަނީ ޖީ.އެސް.ޓީ، ބީ.ފީ.ޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި ގުޅިގެންނެވެ.

އަދި ލަފާކުރި ވަރަށް އާމްދަނީ ނުލިބުނީ ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށް އާމްދަނީ ލިބިފައި ނުވުމުން ކަމަށްވެސް މީރާއިން ބުނެފައިވެއެވެ.

ހުސްވި މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. އެގޮތުން 666 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ލިބިފައިވެއެވެ. ޖީއެސްޓީގެ އިތުރުން ދައުލަތަށް ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ފީ.ޓީ އިންނެވެ. އެއީ 95 މިލިއަން ރުފިޔާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *