މިދިޔަ އަހަރުގެ ކުރީކޮޅު ޕްރެސާރިއޯ ޕްރައިވެޓް ލިމިޓެޑް އިން ގދ. ތިނަދޫގައި އިމާރާތް ކުރަމުން ދިޔަ އިސްލާމީ މަރުކަޒުގެ ސައިޓުގައި ހުރި އެ ކުންފުނީގެ ސާމާނުތަކެއް ވަގަށް ނަގާފައިވާ މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އެތަކެތި ވަގަށް ނެގިކަމަށް ޝައްކުކުރެވޭ ބިދޭސީ މީހާ، ވަގަށް ނަގާފައިވާ ތަކެއްޗާއި އެކު ތިނަދޫގައި ހުންނަ ފުލުހުންގެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށެވެ.

އަދި އެ މައްސަލައިގައި ހައްޔަރުކުރެވުނީ، އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު މެންދުރުގެ ވަގުތެއްގައި ތިނަދޫއިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *