ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޯނުތަކަކާއި އެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޔޫއެން ބިލްޑިންގ ކައިރިން ހުއްޓުވި 38 އަހަރުގެ ފިރިހެނެއް ބަލައި ފާސްކުރި އިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހަތަރު ފޯނު ފެނިފައިވާ ކަމަށެވެ.

އަދި އޭނާ ހުއްޓުވައިފައިވަނީ މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުވެގެން މިއަދު މެންދުރު ފަހު 14:20 ހާއިރު ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެމީހާ އަތުން ފެނުނު ފޯނުތަކުގެ ތެރެެއިން ތިން ފޯނަކީ ޔޫއެން ބިލްޑިންގ ކައިރީ ހުރި ގެއަކުން ވަގަށް ނަގާފައިވާކަމަށް މިއަދު މެންދުރު 12:00 ހާއިރު ފުލުހުންނަށް ރިޕޯޓް ލިބިފައިވާ މައްސަލައާއި ގުޅުން ހުރި ފޯނުތަކެއް ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *