މާލޭގައި އިމާރާތެއް ތަޅަމުން ދަނިކޮށް ވެއްޓުނު ކޮންކްރީޓް ގަނޑަކުން ޖެހި، އެ އިމާރާތާ އިންވެގެން ހުރި ގޭގެ ހުރި ފާރުގެ ބޮޑު ބައެއް ފޫގޮސް ނިދާ ކޮޓަރީގެ ތެރެއަށް ކޮންކްރީޓްތައް ފައިބައިފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 17:45 ހާއިރު މ.ގުލްބަހާރުގޭގެ އިމާރާތް ތަޅަމުންދަނިކޮށް ކޮންކްރީޓް ގަނޑަކުން ޖެހި ހަލާކުވެފައިވަނީ މ.ސަމަންދަރުގޭގެ ދެވަނަ ބުރީގެ ފާރުން ބަޔެއް ކަމަށެވެ.

އެ ކޮންކްރީޓްގަނޑުން ޖެހުމުގެ ސަބަބުން ސަމަންދަރުގޭގެ ދެވަނަ ފްލޯގެ ފާރުން ބޮޑު ބާގަނޑެއް ފޫއްވެޓި ކޮންކްރީޓްތައް ފައިބައިފައި ވަނީ އޭގޭގައި މީހުން ދިިރިއުޅޭ ކޮޓަރިއެއްގައި މީހަކު ނިދާ އެދުގެ މައްޗަށެވެ. 

ފުލުހުން ހާމަކުރާ ގޮތުގައި މިހާދިސާގެ މައުލޫމާތު މިހާރުވަނީ މާލޭ ސިޓީ ކައުންސިލާއި ހިއްސާކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *