ޖޫން އަށް ވަނަ ދުވަހު މަގުމަތިން އަންހެނަކާ ފޮށި، ފުރައްސާރަކުރި މައްސަލާގައި، ފޮށުނު މެދު އުމުރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި 56 އަހަރުގެ އެ ފިރިހެން މީހާގެ އިތުރުން އެހެން ބައެއްވެސް މި މައްސަލާގައި ޝާމިލްވެއެވެ. އެގޮތުން މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް މީހެއްގެ މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ފުލުހުންގެ ނަންބަރު 9790163 ނުވަތަަ ހޮޓްލައިން 3000600 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމުން އެ އިދާރާއިން އެދިލައްވައެވެ. 

މީގެ ދެތިން ދުވަސް ކުރިން އާއްމުވެފައިވާ ވީޑިއޯ އަކުން ފެންނަނީ، މެދު އުމުރުގެ މީހެއް ކަމަށް ބެލެވޭ ފިރިހެނަކު އަންހެނަކާއި ދިމާލަށް ފޯނު ދިމާކޮށްގެން އިންދައެވެ. އެ އަންހެން މީހާ ކުރި ޓްވީޓެއްގައި ބުނީ، އޭނާގެ އުމުރުގައި މިހާތަނަށް މިވަރަށް ފުރައްސާރަކޮށްފައި ނުވާ ކަމަށެވެ. އޭނާ ބުނާ ގޮތުގައި އޭޑީކޭއިން ފެށިގެން ސްކޫޕާ ހަމައަށް އޭނާ އަށް ފުރައްސާރަކޮށް ފޮށެމުން އުމުރުން ދުވަސްވީ މީހާ އައެވެ.

ފުލުހުން ގެންދަނީ މިހާރު މި މިއްސަލަ ތަހުޤީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *