ރާއްޖޭގެ އިޤްތިސާދީ ދުވެލި ކުރިއަށް އޮތް 3 އަހަރު ތެރޭ ދަށްވެ، ސަރަހައްދީ އެހެން ގައުމުތައް އިޤްތިސާދީ ގޮތުން ކުރިއެރުމަކީ، ކުރީގައި ރާއްޖެ ހިނގަމުން އައިހެން، ބޭރުގެ އެހީތަކަށް ބަރޯސާވެގެން ހިންގުމުގެ ސަގާފަތް އިޔާދަވުން ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރު ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބުރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ސައީދު މިހެން ވިދާޅުވެ ޓުވީޓުކޮށްފައި މިވަނީ ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު ދަށަށް ދާނެ ކަމަށް ލަފާކުރެވޭކަން ވޯލްޑް ބޭންކްއިން ހާމަކޮށްފައި ވަނިކޮށެވެ.


ސައުތު އޭޝިޔާގެ އިގްތިސާދީ ކުރިއެރުމާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ހަމާކޮށްފައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 5.7 ޕަސެންޓްގަ އެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރީ 6.1 ޕަސެންޓްގަ އެވެ. އަންނަ އަހަރު އިގްތިސާދީ ދުވެލި 5.2 ޕަސެންޓަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު 2021 ވަނަ އަހަރު އިގްތިސާދީ ދުވެލި 5.3 ޕަސެންޓަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދީ ދުވެލި ދަށްވާނެ ކަމަށް ލަފާކޮށްފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގައި ރާއްޖޭގައި އިންވެސްޓްމެންޓްތައް ކުރިއަށްދާނެ މިންވަރަށް ބެލުމަށްފަހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *