ޓެރަރިޒަމް އާއި ދެކޮޅަށް ލަންކާ އާއި އިންޑިއާ އެކީގައި މަސައްކަތްކުރަން އެ ދެ ގައުމުން އެއްބަސް ވެއްޖެއެވެ.

ދެވަނަ ދައުރަކަށް އިންތިހާބު ވުމަށްފަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ދިވެހިރާއްޖެ އަށާއި ލަންކާއަށެވެ. 

އެގޮތުން ލަންކާއަށް ވަޑައިގެން އެ ގައުމުގެ ވެރިންނާއި ބައްދަލުކުރެއްވުމަށްފަހު ނެރުނު ހާއްސަ ބަޔާނުގައި ބަޔާންކޮށްފައި ވާގޮތުން އެމަނުކުފާނުގެ ދަތުރުފުޅުގައި ވަނީ ލަންކާގެ ގައުމީ ހަމަނުޖެހުންތަކާއި އަދި އެ ގައުމުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ. 

މީގެ އިތުރުން ލަންކާ އާއި އިންޑިއާ އަކީ ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައިވާ ގައުމެއްކަން ފާހަގަކުރައްވައި އެ ބަޔާނުގައި ބުނެފައިވަނީ އެދެ ގައުމު ގުޅިގެން ޓެރަރިޒަމް އާއި ދެކޮޅަށް ތެދުވާން ނިންމާފައިވާ ކަމަަށެެވެ.

ސިރިސޭނާގެ ދައުވަތަކަށް މޯދީ ލަންކާ އަށް ވަޑައިގަތީ، ލަންކާގައި އޭޕްރީލް މަހު ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު އެ ގައުމާ އެކު އިންޑިއާ އޮތް ކަމުގެ ރަމްޒެއްގެ ގޮތުގަ އެވެ. ލަންކާގައި ދިން ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. 

ނަރެންދްރަ މޯދީއަކީ ލަންކާގައި ދެވުނު ޓެރަރިޒަމް ހަމަލާތަކަށްފަހު އެ ގައުމަށް ވަޑައިގެންނެވި ބޭރުގެ ފުރަތަމަ ލީޑަރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *