އިސްލާމްދީނަކީ އެންމެ އޯގާވަންތަ ދީނެކެވެ. އެދީނުގައި ވަނީ އަނިޔާއަށް ނޫނެކޭ ބުނެފައެވެ. އެދީނުގައިވަނީ މީސްތަކުންނަށް އިހްސާންތެރިވުމަށް ވަސިއްޔަތްކޮށްފައެވެ.

މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެހެންކަމުން މީސްތަކުންގެ ބޭނުންތައް ފުއްދައިދިނުމުގައި ނުވަތަ ބޭނުންޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައިދީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ މުސްލިމުން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

މީސްތަކުންނަށް ހެޔޮކޮތް ހިތުމަކީ އަޅާގެ ނިމުން ރަނގަޅުވެގެންދާ އަދި ނުބައި ނިމުމުން ދުރުހެލިކޮށްދޭ ކަމެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

«صَنَائِعُ الْمَعْرُوفِ تَقِي مَصَارِعَ السَّوْءِ، وَالصَّدَقَةُ خَفِيًّا تُطْفِئُ غَضَبَ الرَّبِّ، وَصِلَةُ الرَّحِمِ زِيَادَةٌ فِي الْعُمُرِ، وَكُلُّ مَعْرُوفٍ صَدَقَةٌ، وَأَهْلُ الْمَعْرُوفِ فِي الدُّنْيَا أَهْلُ الْمَعْرُوفِ فِي الْآخِرَةِ» [رواه الطبراني في الأوسط وحسنه الألباني في صحيح الترغيب والترهيب]

މާނައީ: "ހެޔޮކަންތައްތައް ކޮށްދިނުމަކީ ނުބައި ނިމުމުން ރައްކާތެރިކޮށްދޭ ކަމެކެވެ. އަދި ސިއްރުން ކުރެވޭ ޞަދަޤާތަކީ ވެރިރައްބުގެ (އެބަހީ: ﷲގެ) ކޯފާއިން ދުރުކޮށްދޭ ކަމެކެވެ. އަދި ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ޢުމުރު އިތުރުކޮށްދޭ ކަމެކެވެ. އަދި ކޮންމެ ހެޔޮކަމަކީ ޞަދަޤާތެކެވެ. ދުނިޔޭގައި ހެޔޮފޯރުކޮށްދޭ މީހުންނަކީ އާޚިރަތުގައިވެސް ހެޔޮކަމުގެ އަހުލުވެރިންނެވެ."

ބޭނުން ޖެހިފައިވާ މީސްތަކުންގެ ބޭނުންތައް ފުއްދައިދިނުމަކީ ކުރެވޭ ޞަދަޤާތެކެވެ.

އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

"އެމީހެއްގެ އަޚާގެ ޙައްޤުގައި، އޭނާއަށް އެހީތެރިވެދިނުމަށް މަސައްކަތްކޮށްފިމީހާ ދަންނައެވެ. ފަހެ އޭނާ އަޅާ ކޮންމެ ފިޔަވަޅަކަށްމެ ޞަދަޤާތެއްވެއެވެ."

އެހެންކަމުން ތިމާއަށް ވީ ވަރަކުން ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން އެބަ ޖެހެއެވެ.

0
0
2
3
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *