ހިއުމަން ޓްރެފިކިންގްގެ މައްސަލަތައް ވިލަރެސްކުރާ ކޮމެޓީއަށް، ހިންނަވަރު ދާއިރާގެ މެމްބަރު، ޖީހާން މަހްމޫދު އައްޔަނުކޮށްފިއެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން އައްޔަނު ކުރީ ވޯޓްގައި ބައިވެރިވި 81 މެމްބަރުންގެ ވޯޓުންނެވެ.
ޖީހާންގެ ނަން މަޖިލީހަށް ހުށަހަޅުއްވީ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެވެ. ޖީހާންގެނަމަށް ތާއީދު ކުރެއްވީ، ކެނދި ކުޅުދޫ ދާއިރާގެ އަހުމަދު އީސައެވެ.
މައާފުދިނުމާއި އަދަބު ލުއިކޮށް ދިނުމަށް އެކުލަވާލާފައިވާ ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ ފާސްކޮށްފައެވެ.