"އައިމާ 8" ނަމަކަށް ކިޔާ ސަތޭކަ ފޫޓްގެ ދޯންޏެއް ދިޔަވަމުންދާތީ ފުލުހުންނާއި ކޯސްޓްގާރޑްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފްއިން ހާމަކުރާ ގޮތުގައި ރަސްފަރު ހުރާއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ މިި ދޯނި ދިޔަވެގެން އެބޭފުޅުންނަށް ރިޕޯޓް ލިިބިފައިވަނީ މިއަދު މެންދުރު 11:51 ހާއިރުގައިކަމަށެވެ.
އެގޮތުން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ޕަމްޕު ބޭނުންކޮށްގެން މިހާރު އެ ބޯޓު ދިޔަވުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ދޯންޏަކީ ޖަމްބޯ ބޭގް އަދި ސިމެންތި އަރުވައިގެން ދިޔަ ދޯންޏެއްކަމަށްވެސް އެބޭފުޅުން ހާމަކުރައްވައެވެ.
މި ދޯނި ދިޔަވިއިރު މި ދޯނީގައި ޖުމްލަ ފަސް މީހުން ތިއްބެވެ. އެއީ ދިވެއްސަކާ ހަތަރު ބިދޭސީންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.