މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑަށް އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު ޝިފާއު އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

މިހާރު ކުރިއަށް ދާ ނަވާރަވަނަ ރައްޔިތުންގެ މަޖީލިހުގެ ޖަލްސާގައި މެމްބަރު ޝިފާއު، އެމަގާމަށް އައްޔަނުކުރީ ވޯޓްގައި ބައިވެރިވި 81 މެމްބަރުންގެ ވޯޓުންނެވެ.

ކްލެމެންސީ ބޯޑަށް މަޖިލީހުން މެމްބަރެއް ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއުގެ ނަން ހުށަހަޅުއްވާފަ އެވެ. އެކަމަށް ތާއީދު ކުރެއްވީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *