މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށް ލޯނު ދޫކުރުމުގައި ބަލާ އުސޫލު މުރާޖައާކޮށް މާދަމާ އަލުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ސްޓޫޑެންޓް ލޯނު ދީފައިވާ ގޮތާއިމެދު އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ އިރު، އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިދިޔަ މާޗު މަހު ހުޅުވާލި ލޯނު ސްކީމުގެ ދަށުން ނުހޮވުނު ދަރިވަރުންނަށް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު މި ހަފްތާގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށެވެ.

މީގެ އިތުރުން ލޯނު ދިނުމުގެ އުސޫލު ލުއިފަސޭހަ ގޮތަކަށް އިތުރަށް މުރާޖައާ ކުރުމަށްފަހު، އެ ސްކީމުގައި ބޭނުންކުރެވިފައިނުވާ 163 ޖާގަ އަލުން ހުޅުވާލަން ނިންމާފައިވަނީ، ވީހާވެސް ގިނަ ބަޔަކަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އަމާޒުގައި ކަމަށެވެ. އެޕްލިކޭޝަން ހުށަހެޅުން އިތުރަށް ފަސޭހަކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައިވާއިރު، ފޯމު ނުބައިވި ސަބަބުތައް ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

ސެޓްފިކެޓްތައް ހަމަނުވެގެން 183 ކުދިންނަށް ލޯނުގެ ފުރުސަތު ގެއްލުނު އިރު، ރާއްޖޭގައި ކިޔަވާ ކޯސްތައް، ބޭރުން ކިޔަވަން ބޭނުންވެގެން ހުށަހެޅި 106 ދަރިވަރުންނަށް ލޯނު ދުލެއް ނުކުރި އެވެ. މީގެ އިތުރުން އެޕްލިކޭޝަންތައް ހަމަނުވުމާއި އެކްރެޑިޓް ނުކުރާ ސެޓްފިކެޓްތައް ހިމެނުން ފަދަ ކަންކަންވެސް ދިމާވުމުންވެސް ލޯނަށް އެދި ހުށަހެޅި ފަރާތްތަކަށް ލޯނު ނުލިބި އެބަހުއްޓެވެ.

ސަރުކާރުން ދޭ ސްޓޫޑެންޓް ލޯނަށް މިއަހަރު ހުޅުވާލާފައިވަނީ 242 ޖާގަ އެވެ. ނަމަވެސް އެ ޖާގަތަކަށް 900 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލީ ނަމަވެސް، ލޯނު ހަމަޖެހުނީ އެންމެ 79 ފަރާތަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *