ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި، ރައީސް ޞާލިހާއި ބައްދަލުކުރެއްވުމަށް ފަހު، ނަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއާއި ސްރީލަންކާއާއި ދެމެދުގައި އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށާއި އެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެގޮތެއް ނުވެ ދެމި އޮންނާނެ ކަމަށެވެ.

ސްރީ ލަންކާގެ އިދިކޮޅު ޕާޓީގެ މަޖިލިސް މެމްބަރު، ނަމާލް މިއަދު ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

ނަމާލް ވަނީ މީގެ ކުރިން ރައީސް ޞާލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްވެސް ރާއްޖެ ވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *