ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މިއަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަަލަށް ހުޅުވާލައިފިއެވެ.
މިއަހަރު ދޭ ގައުމީ އިނާމުގައިވެސް 33 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަމިއްލަ ފަރާތްތަކަށް ހާއްސަ ފޯމަކާއި، ކުންފުނި ޖަމިއްޔާތަކަށް ހާއްސަ ފޯމެއް ވަނީ ކަނޑައަޅާފަ އެވެ. އެ ފޯމް ރައީސް އޮފީހުން ލިބެން ހުންނައިރު، ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި 31 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އެވެ. ފޯމު ފޮނުވަން ޖެހެނީ ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް އެޑްރެސްކޮށް ރައީސް އޮފީހަށެވެ.
ގައުމީ އިނާމުގައި ހިމެނޭނީ، ދެ ގިންތިއެކެވެ. އެއީ ޝަރަފުވެރިކަމުގެ އިނާމާއި ހިތްވަރު ދިނުމުގެ އިނާމެވެ.