އިލެކްޝަންސް ކޮމިޝަންސްގެ ފަރާތުން އެއްވެސް ޕާޓީއެއްގެ ފައިސާއެއް ހިފަހައްޓާފައި ނުވާނެ ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމަށް ފައިސާ ދޫކޮށްފައިނުވަނީ އެ ޕާޓީއަށް ފައިސާ ދޭން އީސީން ހުށަހަޅާފައިނުވާތީ ކަމަށް ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކުރަމުން ދަނިކޮށް އީސީގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ޕީޕީއެމްއަށް ފައިސާ ދޫކުރުމަށް އީސީން ވަނީ ފޮނުވާފައި ކަމަށާއި، އަދި އެއްވެސް ޕާޓީއެއްގެ ފައިސާއެއް އީސީގެ ފަރާތުން ހިފަހައްޓާފައި ނުވާނެ ކަމަށެވެ.

މިހާތަނަށް ޕީޕީއެމަށް ފައިސާ ދޫކޮށްފައިނުވާއިރު އެ ޕާޓީއަށް ދޭންޖެހޭ ފައިސާގެ ޖުމްލަ އަދަދަކީ 9،377،167.06 ރުފިޔާއެވެ.

ޕާޓީތަކަށް ފައިސާ ދޫކުރިއިރު ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް ޕީޕީއެމްއިން ޚަރަދުކޮށްފައިވާތީ 95،000 ރުފިޔާއިން އެޕާޓީ ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެމްޑީޕީ ވަނީ 60،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. މި ދެޕާޓީއަށް ފައިސާ ޖަމާކުރުމަށް އިސީން ފިނޭންސަށް ފޮނުވާފައިވަނީ މި ޢަދަދު އުނިކުރުމަށްފަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *