ފުލުހުންނަށް ފިލުމަށް ރޭ ކަނޑުހުޅުދޫއަށް ދަތުރުކުރި ފެރީއަކުން ކަނޑަށް ފުންމާލި މީހާ މާވާރުލު ވަލުތެރޭގައި ފިލާ އޮއްވާ ފެނިއްްޖެއެވެ.
އޭނާ ފިލައިފައިވަނީ ގއ. ކަނޑުހުޅުދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަން ފުލުހުންނަށް އެނގުމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށުމުންނެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެ މީހާ ފެނިފައިވަނީ މިއަދު ހެނދުނު 9:00 ޖަހާ ކަންހާއިރު ކަމަށާއި، އެ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، އޭނާގެ އަތުން އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށެވެ. އަދި އެމީހާ ހޯދުމުގައި މާވާރުލުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އެހީތެރިކަން ލިބިފައިވާ ކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.