ޕަކިސްތާނު އިންޓަނޭޝަނަލް އެއާލައިނުން ދަތުރުކުރި އަންހެން ފަސިންޖަރެއް ފާހާނާ ދޮރު ކަމަށް ހީކޮށް، ފްލައިޓްގެ އެމަޖެންސީ ދޮރު ހުޅުވައިފިއެވެ.

އެ އަންހެން މީހާ ފާހާނާ ދޮރުކަމަށް ހީކޮށް، އެމަޖެންސީ ދޮރު ހުޅުވުވުމުގެ ސަބަބުން ވަނީ އެ ފްލައިޓް 6 ގަޑިއިރަށް ޑިލޭ ވެފައެވެ. އެ ފްލައިޓަކީ މެންޗެސްޓަރ އިން އިސްލާމްއާބާދަށް ދަތުރުކުރަން ޝެޑިއުލް ކުރެވިފައިވާ ފްލައިޓެކެވެ.

އެ ހާދިސާއާއިގ ގުޅިގެން ހިންގި ތަހްގީގު އެ އަންހެން މީހާ ބުނެފައިވަނީ އޭނާ ހަމަ އަސަލުވެސް ހީކުރީ އެއީ ފާހާނާ ދޮރު ކަމަށް ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ، އެ ފްލައިޓް އުދުއްސާލަން ތައްޔާރުވެގެން ރަންވޭގައި އޮއްވައެެވެ. އެ އަންހެން މީހާ އެމަޖެންސީ ދޮރު ހުޅުވުމުން ވަގުތުން ފްލައިޓުން ވަނީ ހުރިހާ ފަސެންޖަރުން، އަދި އެމީހުންގެ ދަބަސްތަކާއި ސާމާނުތައްވެސް ފްލައިޓުން ބާލައިފައެެވެ. އަދި އެއަށްފަހު ފްލައިޓްގައި ތިބި ހުރިހާ ފަސެންޖަރުން އެއާޕޯޓްގެ ހޮޓަލަށް ފުރަންވަންދެން ގެންދިޔަ ކަމަށް އެއާލައިނުން ބުނެއެވެ.

އެއާލައިނުން ވަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށް ނިންމާފައެވެ. އެ ހާދިސާގެ ސަބަބުން އެ އެއާލައިނަށްވެސް ވަރަށް ބޮޑެތި ގެއްލުންތައް ވާނެއެވެ. 

އޭވިއޭޝަންގެ ދާއިރާގެ ތަޖްރިބާކާރެއް ބުނެފައިވާ ގޮތުގައި، އެމަޖެންސީ ދޮރެއް ހުޅުވުމަކީ ކުޑަކުޑަ ހާދިސާއެއް ނުން ކަމަށެވެ. އެމަޖެންސީ ޝޫޓެއްގެ އެންމެ ކުޑަ އަގަކީވެސް 6000 ޑޮލަރު ކަމަށް އެމީހާ ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *