މިއަހަރުގެ ފިތުރު އިދާ ދިމާކޮށް ރާއްޖޭގެ ޤައުމީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އީދު ކިހިނެތް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ފޮޓޯ މުބާރާތުގެ ނަސީބުވެރިން ހޮވައި ނަންތައް އިއުލާންކޮށްފި އެވެ.
ބީއެމްއެލް އިން އެ މުބާރާތް ކުރިއަށް ގެންދިޔައީ މީސް މީޑިއާގެ ދެ ވިއުގަ ކަމަށްވާ އިންސްޓަގްރާމާއި، ޓްވީޓާގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ.
ބީއެމްއެލްގެ ފޮޓޯ މުބާރާތުގައި 800 އަށް ވުރެ ގިނަ ފަރާތްތައް ބައިވެރިވެފައިވާއިރު، މިއަދު ވަނީ ނަސީބުވެރިން ހޮވުމަށް ގުރުއަތު ނަގާފައެވެ.
އެގޮތުން ޓްވީޓާގައި ފޮޓޯ ހިއްސާކޮށްގެން ގުރުއަތުން ހޮވުނު ތިން ފަރާތަކީ @marraajameel އާއި @dhiwanderingirl އަދި @ShixnaH އެކައުންޓުގެ ވެރިންނެވެ. އަދި އިންސްޓަގްރާމުގައި ފޮޓޯ ހިއްސާކޮން ގުރުއަތުން ހޮވުނު ތިން ނަސީބުވެރިންނަކީ @awwamphotos އާއި @shaxlon އަދި @xidhoo0 މި އެކައުންޓުތަކުގެ ވެރިންނެވެ.
މި މުބާރާތުގެ ނަސީބުވެރި ކޮންމެ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ.