ދުނިޔެ
އިޒްރޭލާއި ދެކޮޅަށް ވާހަކަ ދައްކާ މީހުން ކުށްވެރިކުރަނީ

ސައުދީ އަރަބިއްޔާއިން އިޒްރޭލާއި ދެކޮޅަށް ވާހަކަދައްކާ މީހުން ކުށްވެރިކުރަން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކޮލަމްބިއާ ފަދަ ގައުމުތަކުން އިޒްރޭލާއި ހާރިޖީ ގުޅުން ކަނޑަން ނިންމާފައިވާއިރު ސައުދީއިން މިހާރު ދަނީ އިޒްރޭލާއި އެއްކޮށް ހާރިޖީ ގުޅުން އުފައްދަން ވިސްނަމުން ނެވެ. ނަމަވެސް ގައްޒާގައި އިޒްރޭލުން ކުރާ ހަނގުރާމަ ކުށްވެރިކުރުމުގެ ގޮތުން ސައުދީން ވަނީ އެކަންތައް މަޑުޖައްސާލާފަ އެވެ.

ނަން ހާމަނުކުރާ ޑިޕްލޮމެޓިކް މަސްދަރަކާ ހަވާލާދީ ބްލޫމްބާގްއިން ރިޕޯޓުކޮށްފަަައިވާ ގޮތުގައި ސައުދީން ހައްޔަރުކުރި މީހުންގެ ތެރޭގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްކޮށް ހުންނަވައިގެން ހިންގާ ފްލެގްޝިޕް އިގްތިސާދީ މަޝްރޫއު ވިޝަން 2030 ގައި މަސައްކަތްކުރާ އެގްޒެކެޓިވްއެއް ހިމެނެ އެވެ.

ދެވަނައަށް ހައްޔަރުކުރި މީހާއަކީ ބްލޫމްބާގުން ރިޕޯޓްކުރާ ގޮތުގައި “އިޒްރޭލަށް ދުވަހަކުވެސް މާފު ނުކުރެވޭނެ” ކަމަށް ބުނެފައިވާ މީޑިއާ ޝަހުސިއްޔަތެއް ކަމަށާއި އަނެއް މީހަކީ އެމެރިކާގެ ފާސްޓް ފުޑް ރެސްޓޯރެންޓްތައް ސައުދީގައި ބޮއިކޮޓް ކުރުމަށް ގޮވާލި މީހެކެވެ.

2020 ވަނަ އަހަރާއި 2021 ވަނަ އަހަރު އިޒްރޭލުން ވަނީ އެމެރިކާގެ މަޝްވަރާގެ ދަށުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން، ސޫދާން އަދި މޮރޮކޯއާ އެކު ނޯމަލައިޒޭޝަންގެ އެއްބަސްވުންތަކެއް ހަދާފަ އެވެ.

އެމެރިކާއިން ސައުދީއާއިއެކު ގާތްގުޅުން ބާއްވަމުންދާއިރު އެމެރިކާއިން ދަނީ އެގައުމުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި އިޒްރޭލާއި ދެކޮޅަށް ކުރަމުންދާ ސުލްހަވެރި އިހުތިޖާޖުގެ ބައިވެރިން ހައްޔަރުކުރަމުން ނެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި މިހާރު އެމެރިކާއިން ވަނީ އެގައުމުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރަމުންދާ 2000 އަށްވުރެ ގިނަ ދަރިވަރުން ހައްޔަރުކޮށްފަ އެވެ.

އޭގެ އަނެއްކޮޅުން ބައިނަލްއަގްވާމީ ކޯޓުން ދަނީ އިޒްރޭލުގެ އިސް އޮފިޝަލުން ހައްޔަރުކުރުމަށް އަމުރެއް ތައްޔާރުކުރަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އައިސީސީއިން އެކަމާއި ގުޅޭގޮތުން އެއްވެސް ބަހެއް ބުނެފައިނުވާއިރު އިޒްރޭލުގެ އިސް އޮފިޝަލުން އަންނަނީ އެރެސްޓް ވޮރެންޓުން ދިފާއުވުމުގެ މަސައްކަތްތައް ކުރަމުން ނެވެ. އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނާއި ދެކޮޅަށް އައިސީޖޭއިން ކޯޓު އަމުރެއް ނެރެފިނަމަ އައިސީސީގެ 124 މެންބަރު ގައުމުތަކަށް އެމީހުން ދަތުރުކުރުން މަނާވާނެ އެވެ.  ރިޕޯޓްތައް ބުނާގޮތުންނަމަ އެމީހުން ހައްޔަރުކުރާ ހާލަތެއްގައި ފަލަސްތީނުގެ އޮތޯރިޓީން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ނަތަންޔާހޫ ވަނީ އެމެރިކާ ސަރުކާރަށް ދަންނަވާފަ އެވެ.

30
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top