މަތީ ތައުލީމަށް ސަރުކާރުން ދޭ ލޯނަށް ކުރިމަތިލި ގިނަ މީހުންނަށް ލޯނު ނުލިބުނު މައްސަލަ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން އަށް ހުށަހަޅައިފިއެވެ.

މިއަދު ސްޓޫޑެންޓް ލޯނާއި ބެހޭ ގޮތުން ޝަކުވާ ހުށަހެޅުއްވުމަށް، މިނިސްޓަރާއި ބައްދަލުކުރެއްވީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ މެމްބަރުންނެވެ. އޭގެތެރޭގައި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރުން މީކާއީލް ނަސީމް ހިމެނެއެވެ.

އެ ބައްދަލުވުން ނިންމާލެއްވުމަށްފަހު، މިނިސްޓަރާއި ވާހަކަފުޅުދެއްކެވި މެމްބަރުން ވިދާޅުވީ، ވަރަށް އަވަހަށް އެ މައްސަލަތަށް ހައްލު ލިބިވަޑައިގަންނަވާނެ ކަމަށާއި، އަދި ސްޓޫޑެންޓް ލޯނަށް އަލުން ލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ހަސަން ވިދާޅުވީ ސްޓޫޑެންޓް ލޯން ހުށަހެޅި ފޯމުގައި މައްސަލައެއް އުޅޭ ނަމަ މުއްދަތު ހަމަވުމުގެ ކުރިން ދަރިވަރުންނާ އެކަން ހިއްސާކޮށް، އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނަންޖެހޭ ކަމަށެވެ. އަދި ޕޯޓަލް އެރޯއަކާ ހެދި ދަރިވަރުންގެ ފޯމްތައް ބާތިލުވެގެން ނުވާނެ ކަމަށާއި ލޯން ސްކީމްގެ ކަންކަން މިހާރަށްވުރެ ލުއި ވާން ޖެހޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *