ގއ. ކަނޑުހުޅުދޫ އަށް ދިޔަ ފެރީއަކުން މަސްތުވާތަކެތި ގެންދާކަން އެނގިގެން، އެ ރަށުގައި ފުލުހުން ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބުމުން ފެރީން ކަނޑަށް ފުންމާލި މީހަކު ހޯދަން ތިން މީހަކު ދިޔަ ބޮއްކުރައެއް ބަންޑުންޖަހާލައި ބަޔަކު ކަނޑުވެއްޖެއެވެ.

ފުލުހުން ބުނީ ފެރީގައި ހުރި މީހާ ފުންމާލީ ކަނޑުހުޅުދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ މާވަރަލު ކައިރި އަށް ކަމަށެވެ. އެ މީހާ ފުންމާލުމުން އޭނާ ހޯދަން ބޮއްކުރައެއްގައި ފަލިޖަހާފައި ތިން މީހަކު ގޮސްގެން އުޅެނިކޮށް ބަންޑުންޖަހާލުމުން އެކަކު ވަނީ ފަތާފައި މާވަރަލު އަށް އަރައި އެކަން ފުލުހުންނަށް އަންގައިފައެވެ.

އެހާދިސާގައި ކަނޑުވި ތިން މީހުންގެ ހާލުވެސް ރަނގަޅެވެ.

އެނގިފައިވާ ގޮތުގައި، ބޮއްކުރާގައި ދިޔަ މީހުންނަކީ ކަނޑަށް ފުންމާލައިގެން ފިލަން އުޅުނު މީހާއާ ގުޅުން އޮންނަ ބައެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *