ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދުކުރާ ފައިސާ ތިން ޕާޓީއަކަށް ދޫކޮށްފިއެެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރުމަށް އެދިފައިވަނީ ތިން ޕާޓީއަކަށް ކަމަށާއި، އެ ތިން ޕާޓީއަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ފައިސާ ދޫކޮށްފައިވަނީ އެމްޑީޕީ، ޖޭޕީ އަދި އެމްޑީއޭ އަށެވެ.
ޕީޕީއެމްއަށް ފައިސާ ދޫކުރަން އީސީން ނުފޮނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވި ނަމަވެސް، މީގެކުރިން އީސީން ބުނީ، ޕީޕީއެމްވެސް ހިމަނައިގެން ހަތަރު ޕާޓީއަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވި ކަމަށެވެ.
ޕާޓީތަކަށް ފައިސާ ދިން އިރު، މެމްބަރުން އެންމެ ގިނަ އެމްޑީޕީ އަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ޖޭޕީ އަދި އެމްޑީއޭ އަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.