އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، މިހާރު ސްރިލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާއި ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ލަންކާއަށް ޒިޔާރަތްކުރެއްވީ މިއަދު މެންދުރެވެ. އެގައުމުގެ ސިފައިން ވަނީ މޯދީއަށް މަރުހަބާ ކިޔުމުގެ ކުރިން ބަޑީގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ލަންކާއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު، އަބަދުވެސް ފާހަގަކުރުމަށްޓަކައި ވަނީ، އެގައުމުގެ ރައީސް އޮފީހުގައި ގަހެއް އިންދަވާފައެވެ. މޯދީ ވަނީ ލަންކާގެ މިނިސްޓަރުންނާއި އަދި ވުޒާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

މޯދީ ވަނީ ލަަންކާއަށް ކުރައްވާ ދަތުރުފުޅުގައި، އެގައުމަށް މިދިޔަ އޭޕްރީލު މަހުގެ 21 ވަނަ ދުވަހު ބޮމުގެ ހަމަލާތައް ދިން ބައެއް ސަރަހައްދުތަކަށްވެސް ހިތާމައިގަ ބައިވެރިވުމުގެ ގޮތުން ޒިޔާރަތް ކޮށްފައެވެ.

އިންޑިއާގެ ބޮޑު ވަޒީރު ލަންކާއަށް ފުރައިވަޑައިގެންނެވީ، އިއްޔެ ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ފަހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *