މަގުތައް ހަދައި ބަލަހައްޓަން "ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އުފައްދަވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އުފެއްދެވި އެ ކުންފުނީގެ މަގްސަދަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއް ގޮތްވާ ގޮތުގެ މަތިން މަގުތައް ތަރައްގީ ކުރުމެވެ.
އެ ހިދުމަތްތައް ގާއިމުކުރުމުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިއަދު އުފެއްދެވި ކުންފުންޏަކީ، ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ސަރުކާރުގެ ކުންފުންއް ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފައްދަވާ ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ، މަގުތައް ރަނގަޅު ފެންވަރެއްގެ ހެދުމަކީ މުހިއްމު ކަމަކަށްވާތީ އެ ކަމަށް ހާއްސަ ކުންފުންޏަށް އޮންނަން ޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީ ކަމަށެވެ.