ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ރިޒާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ މާދަމާ ކުރެއްވުމަށް ހަމަޖައްސަވައިފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާ ނުކުރައްވާ ހުންނެވި ހަމައެކަނި ބޭފުޅާ އިބްރާޙިމް ރިޒާގެ ހުވާކުރެއްވުން މާދަމާ ހެނދުނު އޮންނާނެ ކަމަށެވެ. 

ގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ރިޒާ ހުވާ ކުރައްވާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ. އަދި އެބޭފުޅާއަށް ވެސް ހުވައިލާދެއްވާނީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވި ރަސްމިއްޔާތު މަޖިލީހުގެ އިދާރާގައި ބާއްވާފައިވަނީ މޭ މަހުގެ 28 ވަނަ ދުވަހުގެ ރެ އެވެ. ހުވާ ކުރުމުގެ އެ ރަސްމިއްޔާތުގައި ރިޒާ ބައިވެރިވެފައި ނުވަނީ އޭނާ އުމުރާގެ އަޅުކަމުގައި އުޅުއްވުމާއި ގުޅިގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *