މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުހައްމަދުގެ ކާރުކޮޅު އެކްސިޑެންޓް ވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު، 11:50 ހާއިރު، މަޖީދީމަގާއި ޝަހީދުއަލީ ހިނގުން ގުޅޭ ކަންމަތިން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލު، ހުޅަނގުން އިރަށް ދުއްވާފައިދިޔަ މޭޔަރުގެ ކާރުކޮޅުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެކްސިޑެންޓް ހިނގި އިރު، މޭޔަރ ޝިފާ މުހައްމަދު ކާރުކޮޅުގައި ނެތް ކަމަށެވެ.

އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައި ނުވާ އިރު، މޭޔަރު ޝިފާގެ ކާރުކޮޅަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *