ރާއްޖެއަށް އަންނަ އިންޑިއާގެ ފަތުރުވެރިންގެ އަދަދު ބޮޑުތަކުން އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން މިއަހަރުގެ ފުރަތަމަ ކުއާޓަރާ ހަމަޔަށް އިންޑިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 86 އިންސައްތަ އިތުރުވެފައެެވެ.

މިއާއި އެކު އިންޑިއާ ވެގެން ގޮސްފައިވަނީ ފަސް ވަނަ އަަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަ ގައުމަށެވެ.

ފަތުރުވެރިކަމާއި ބެހޭ މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުން އޭޕްރީލް މަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 48،876 ފަތުރުވެރިންއައިސްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 95.3 އިންސައްތައިގެ އިތުރުވުމެކެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭގެ އިގްތިސާދީ ކުއާޓްލީ ބްލެޓިންގައި ވެސް ފާހަގަ ކުރާ ގޮތުގައި އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ކުރިއަރަމުން އަންނަ މާކެޓެވެ. 

މިއަހަރުގެ މިހާތަނަށް، ރާއްޖެ އައިސްފައިވަނީ 646،092 ފަތުރުވެރިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *