އަންގާރަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި ފަށާ، މިއަހަރުގެ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގައި ބޭރުގެ ގިނަ ތަޖުރިބާކާރުންތަކެއް ބައިވެރިވާނެ ކަމަށް ފެއާ އިންތިޒާމުކުރާ ކުންފުނިން ބުނެފި އެވެ.

ޓީޓީއެމް ފެއާގައި މި އަހަރު "ޓީޓީއެމް ޓްރެވަލް ސަމިޓް" ގެ ނަމުގައި ހާއްސަ ބައެއް ވަނީ ހިމަނާފަ އެވެ. 

މި އަހަރުގެ ޓީޓީއެމް ސަމިޓުގައި ބައިވެރިވާ ބޭރުގެ ތަޖުރިބާކާރުންގެ ތެރޭގައި އޮންލައިން ބުކިން ސައިޓްތައް ކަމަށްވާ އެކްސްޕީޑިއާ އާއި ބުކިން ޑޮޓްކޮމް ފަދަ ފަތުރުވެރިކަމާއި ގުޅުން ހުރި ގިނަ ފަރާތްތައް ހިމެނެއެވެ.

ޖޫން މަހުގެ 11 އިން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ. 

އަދި ފެއާގެ ބައިވެރިންނާ ޕްރޮފެސަރު އުގެއިލް ވެސް މުހާތަބު ކުރައްވާނެ އެވެ.

މި އަހަރުގެ ޓީޓީއެމް ފެއާގެ ޓައިޓަލް ސްޕޮންސާ އަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު މި އަހަރުގެ ފެއާގެ ތީމަކީ "ޓްރެވަލް ޓެކްނޮލޮޖީ އަދި އެނެލެޓިކްސް" އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *