ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ، އިހަވަންދޫއަށް އަދި ދިއްދޫއަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ، އިހަވަންދޫގެ ފަޅު ގެއެއްގައި ހުރި ބޮޑު ބަނބުކެޔޮ ގަހެއް ވައިގަދަވުމުގެ ސަބަބުން ވެއްޓިފައިވާ ކަމަށެވެ. އަދި އެކަމުގެ ރިޕޯޓް ފުލުހަށް ކުރީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށާއި، އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިއަދު ހެނދުނު 10:35 ހާއިރު، ދިއްދޫގެ ކުނިގޮނޑު ސަރަހައްދުގައި ހުރި، ހަރުގެއެއްގެ ފުރާޅު އެސަރަހައްދުގައި އޮތް ލޯންޗެއް މައްޗަށް ވެއްޓިފައިވާ ކަމަށެވެ. އެހާދިސާގައިވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގަ، ރާއްޖޭގެ އެކި ހިސާބުތައް ދަނީ ބޯކޮށް ވާރޭވެހި ގުގުރުމާއިއިއެކު ވިއްސާރަކުރަމުންނެވެ.