އައްޑޫސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަނުން ދެމުންދާ ކަރަންޓުގެ ހިދުމަތަށް ދިމާވަމުން އައި ކަރަންޓްގެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށް، ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އިއްޔެ ފެނަކައިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، 1.6 މެގަވޯޓްގެ އިންޖީނެއް އެ ސިޓީއަށް ގެންގޮސް، އިންސްޓޯލް ކޮށްފައިވާ ކަމަށެވެ. 

މީގެއިތުރުން، ފެނަކައިން ވަނީ، ތިމަރަފުއްޓަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެރަށަށް، 400 ކިލޯވޯޓްގެ އިންޖީނެއް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ އިންޖީނު އިންސްޓޯލް ކޮށް ހިދުމަތް ދޭންވެސް ފެށިފައިވާ ކަމަށެވެ. އެރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށްވެސް މިވަނީ ހައްލެއް ލިބިފައެވެ.

ފެނަކައިން ވަނީ ދާންދޫއަށް ދިމާވެފައިވާ، ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެރަށަށް ވެސް 200 ކިލޯވޯޓްގެ އިންޖީނެއް ފޮނުވައި، އިންސްޓޯލްކޮށް ހިދުމަތް ދޭން ފަށައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *