އިއްޔެއަކީ ފަހުގެ ތާރީހެއްގައި ދިވެހިރާއްޖޭގެ ރައްޔިތުން ދުށް އެންމެ ހިތާމެވެރި ދުވަހަށް ވާނެ ކަމަށް ކޮންގްރެސްގެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއްޔެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ މެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވި، ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެ މަތީ އެއް ޝަރަފުކަމަށްވާ "ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު"  ބޮޑުވަޒީރު މޯދީއަށް އަރުވާފައިވަނިކޮށެވެ.

ރޭ އަބްދުއްރަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެއަކީ ފަހުގެ ތާރީހުގައި ދިވެހިން ދެކޭނެ އެންމެ ހިތާމަވެރި ދުވަހޭ މިހާރު ބުނުމުން ބަޔަކަށް އެކަން ގަބޫލު ކުރަން އުނދަގޫ ވެދާނެ ކަމަށާއި، ނަމަވެސް ހަގީގަތަކީ އެއީކަމަށެވެ. އަދި މާދަމާ އަމިއްލައަށް އެކަން ތަޖުރިބާ ކުރެވުމުން ކޮންމެ މީހަކަށް ވެސް އެކަން ކަށަވަރުވާނެ ކަމަށާއި އޭރުން އޮންނާނީ ވަގުތު ފާއިތުވެފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެއް ދީނަކަށް ތަބާވެ އެއް ބަހަކުން ވާހަކަ ދައްކާ އެއް ނަސްލަކަށް ނިސްބަތްވާ އެއް އުސޫލުތަކެއް ގެންގުޅޭ އެއް ހަމަތަކެއް ގަބޫލު ކުރާ ބައެކޭ ކިޔާނެ ޖާގައެއް ނޯންނާނެ އެވެ. އަމިއްލަ ގައުމުގައި، އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި އަޅުވެތިކަމުގެ ހިތްދަތިކަން އިހުސާސް ކުރާށެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ." އަބްދުއްރަހީމްގެ ޕޯސްޓްގައިވެއެވެ.

މީގެ އިތުރުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަން ދެ ދައުރުގައި ކުރެއްވި އަބްދުއްރަހީމް ވިދާޅުވީ، ދިވެހި ޤައުމުގެ ތާރީހު ފެނުނު ބަތަލުންގެ ބޭނުން އަދު ޖެހިފައިވާ ކަމަށެވެ. އަދި މިއަދު ދީނާއި ޤައުމަށް ވުރެ އަމިއްލަ ފައިދާ އިސްކުރާ މީހުން މާދަމާ ނުކުމެ ދީނާއި ޤައުމޭ ގޮވަން ފެށުމަކީ ހިތާމަ ހުރި ކަމެއް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އިއްޔެއަކ ދިވެހިން ދުށް އެންމެ ހިތާމަވެރިި އެއް ދުވަސްކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްވެސް ވަނީ މޯދީގެ ދަތުރުފުޅުގައި ސޮއިކުރެވިގެން ދިޔަ ބައެއް އެއްބަސްވުންތަކަށް ފާޑު ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *