އިއްޔެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް އޮފް އިންޑިއާ (ސީ.ބީ.އައި.ސީ) އާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ސަބަބުން، ކަސްޓަމްސްގެ މުވައްޒަފުންގެ ގާބިލުކަމާއި ހުނަރުވެރިކަން އިތުރަށް އިތުރުކުރެވޭނެ ކަމަށް ކަސްޓަމްސްއިން  ބުނެފިއެވެ.

ކަސްޓަމްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކަސްޓަމްސް ދާއިރާއިން މުވައްޒަފުން ބިނާކުރުމަށާއި، އަދި ގާބިލުކަން އިތުރުކުރުމުގެ މަގްސަދުގައި، ކަސްޓަމްސްއާއި، އިންޑިއާގެ ސީ،.ބީ.އައި.ސީ މެދުގައި އެއްބަސްވުމެއްގައި އިއްޔެ ސޮއި ކޮށްފައިވާ ކަމަށެވެ.

ކަސްޓަމްސްއާއި، އިންޑިއާގެ ސީ،.ބީ.އައި.ސީ އާއި ދެމެދުގައި އިއްޔެވެވުނު އެއްބަސްވުމަކީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އިއްޔެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ދެގައުމުގެ ދެމެދުގައި ސޮއި ކުރެވުނު 6 އެއްބަސްވުމުގެ ތެރެއިން، އެއްބަސްވުމެކެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ، އެ އެއްބަސްވުމުގެ ސަބަބުން ކަސްޓަމްސް މުވައްޒަފުންނަށް ވަރަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށާއި، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ތަމްރީން ޕްރޮގްރާމުތައްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުން ބަދަލުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާނެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން އެއްބަސްވުން ބަދަލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ އެމްބެސަޑަރ ޝްރީ ސަންޖޭ ސުދީރުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *