އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ އިއްޔެ މެންދުރުފަހު ވަގުތެއްގައެވެ. އެ ދަތުރުފުޅުގައި ވަނީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު 5 ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރެވިގެން ގޮއްސައެވެ. އިންޑިއާގެ ކޮޗިންއިން ހދ. ކުޅުދުއްފުއްޓާއި މާލެއާއި ދެމެދު ފެރީގެ ނިޒާމް ގާއިމްކުރުމާއި ރާއްޖޭގެ ޓްރާސްޕޯޓްއަދި ސިއްހީ ނިޒާމް މިހާރަށް ވުރެ ހަރުދަނާ ކުރުމަށް އެއްބަސްވުން ތަކުގައި ސޮއިކޮށްފައިވެއެވެ.

މީގެ އިތުރުން މޯދީއަށްވަނީ ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބުވެސް އަރުވާފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިއްޔެ ބޭއްވި މަޖިލީހުގެ ހާއްސަ ޖަލްސާގައި ތަގުރީރް ކުރައްވާފަ އެވެ.

އަދި ހަމަ އެހެންމެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ނައިބް ރައީސް ފައިސަލް ނަސީމާއި މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއިވެސް ބައްދަލު ކުރައްވާފައެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ ފަރާތުން ވަނީ މޯދީއަށް ފުރަމާނަ ޖާފަތެއް އަރުވާފަ އެވެ. އެ ޖާފަތް ބާއްވާފައިވަނީ ރޭ ކުރުނބާ މޯލްޑިވްސް ގައެވެ.

އަދި އިއްޔެ އެމަނިކުފާން މާލެ ވަޑައިގަންނަވައި، ރައީސް ޞާލިހުއާއި ބައްދަލު ކުރެއްވުމަށް ފަހު މޯދީއަށް ވަނީ 21 ބަޑީގެ ސަލާމެއް ދެއްވާ، ގާޑް އޮފް އޮނަރ އަރުވައިފަ އެވެ. 

ދެގައުމުންވެސް ހާމަކުރައްވާ ގޮތުގައި މޯދީގެ މި ދަތުރުގެ މައިގަނޑު ސަބަބަކީ ދެގައުމުގެ ހީނަރުވެފައިވާ ގުޅުން ކުރިއަށް ވުރެ ހަރުދަނާ ކުރުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *