ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އިންޑިއާއިން ދުވަހަކުވެސް އަމަލުކޮށްފައެއް ނެތްކަމަށާއި، އޭގެ ބަދަލުގައި ރާއްޖެއަށް ކުރިމަތިވި ކޮންމެ ގޮންޖެހުމެއްގައި އިންޑިއާއިން ވަނީ އެހީތެރިވެދީފައި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑިވަޒީރު ނަރެންދްރަ މޯދީ ރައިސުލްޖުމްހުރިއްޔާގެ ދައުވަތަށް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޖިލީހަށް ވަޑައިގެން ތަގުރީރުކުރައްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ބޮޑުވަޒީރު މޯދީ މި މަޖިލީހުގައި ތަގުރީރު ކުރައްވާ ކަމީ އެބޭފުޅުންނަަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ.

މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ވަނީ ރައީސް ސޯލިހްއާއި ބައްދަލުކުރައްވާ ގިނަ ކަންތައްތަކެއްގައި މަޝްވަރާ ކުރައްވާފައެވެ. 

އެގޮތުން ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދުނިޔޭގެ އެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުއިރު، މޫސުމަށް އަންނަ ބަދަލުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުގެ ގުޅިގެން މަސައްކަތްކުރަން މަޝްވަރާ ކޮށްފައި ވެއެވެ. އަދި މޯދީގެ ދަތުރުފުޅުގައި ވަނީ ފަސް ދާއިރާއަކުން ހަ އެއްބަސްވުމެއްގައި ރާއްޖެއާއި އިންޑިއާއާއި ދެމެދުގައި ސޮއިކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *