އިންޑިއާގެ އެހީތެރިކަމާއި އެކު ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަށް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞޯލިހް ވިދާޅުވީ ދިވެހި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އިސްކަންދޭ ވެރިކަމެއް ހިންގުން ކަމަށާއި، އެކަމުގައި އިންޑިއާއިން ވެދޭ އެހީތެރިކަން ފާހަގަކުރާ ކަމަށެވެ. އަދި އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް ވަމުން އަންނަ އެހީތެރިކަން ފާހަގަކޮށް ރައީސް ވަނީ އިންޑިއާއަށް ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ގިނަ އަދި މުހިންމު އެއްބަސްވުންތަކެއްގައި މިއަދު ސޮއިކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ދެގައުމުގެ މެދުގައި އޮތް ދަތުރުފަތުރުގެ ނިޒާމް އިތުރަށް ފުޅާކުރަން ވެވުނު އެއްބަސްވުުން ރައީސް ފާހަގަކުރެއްވިއެވެ.

އަދި މަސައްކަތްތެރިންގެ ހުނަރު އިތުރުކޮށް ތަރައްގީކުރަން ކުރެވުނު އެއްބަސްވުންތައް މުހިންމު ކަމަށާއި، އެ އެއްބަސްވުންތަކުގެ ދަށުން ކަސްޓަމްސް އަދި ސިވިލް ސާވަންޓުންގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ކަންތައްތަކުގެ އިތުރުންވެސް މިއަދުގެ ބައްދަކުވުމުގައިވަނީ ގިނަ އިންޑިއާ އާއި ރާއްޖެއާއި ދެމެދު ގިނަ ކަންތައްތަކެއްގައި މަޝްވަރާ ކުރެވިގެން ގޮސްފައެވެ. 

އެގޮތުން ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދުނިޔޭގެ އެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުއިރު، މޫސުމަށް އަންނަ ބަދަލުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުގެ ގުޅިގެން މަސައްކަތްކުރަން މަޝްވަރާ ކުރެވިގެންދިޔަކަން ރައީސް ފާހަގަކުރިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *