އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެގައުމުގެ ދެމެދު ފެރީގެ ނިޒާމް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވައިފިއެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި އެވެ. ރަސްމިއްޔާތުގައި ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

އެގޮތުން އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދުގައި ކާގޯ އަދި ޕަސެންޖަރ ފެރީ ނިޒާމް ގާއިމް ކުރަން އެއްބަސްވެފައިވެ އެވެ. އެއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި އިންޑިއާގެ ފަރާތުން ސޮއި ކޮށްފައިވަނީ ސަފީރު ސަންޖޭ ސުދީރު އެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓްރީއާ ދެމެދު ހައިޑްރޯގްރަފީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ސިވިލް ސާވިސްގެ ޓްރެއިނިން އެންޑް ކެޕޭސިޓީ ޕްރޮގްރާމްއެއް ކުރިއަށް ގެންދަންވެސް އެއްބަސްވެފައިވެ އެވެ. މީގެ އިތުރުން ވައިޓް ޝިޕިން އިންފޮމޭޝަނާއި ސިއްހީ ދާއިރާއާ ގުޅުންހުރި އެއްބަސްވުމެއްގައިވެސް ސޮއި ކޮށްފައިވެއެވެ.

މޯދީއާއި ރައީސްގެ ބައްދަލުވުމުގައި ވަނީ  ޅ. މާފިލާފުށީގައި ގާއިމްކޮށްފައިވާ ކޮމްޕޮސިޓް ޓްރެއިނިންގެ ސެންޓަރާއި އިންޑިއާގެ އެހީގައި ގާއިމުކުރި ރާޑަރު ސިސްޓަމްތައް އިފްތިތާހުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *