އިންޑިއާގެ ބޮޑުވަޒީރު ނަރެންދު މޯދީ، ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންޑިއާއިން ގެނެސްދެއްވި ހާއްސަ ހަދިޔާއެއްގެ ގޮތުގައި ކްރިކެޓް ބެޓެއް ދެއްވައިފި އެވެ.
އެ ކްރިކެޓް ބެޓް މޯދީ، ރައީސް ސޯލިހްއަށް އެރުއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެެވެ.
އެ ބެޓް ރައީސް ސޯލިހަށް އެރުއްވި ފޮޓޯއާ އެކު، މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަށް ހަދިޔާއެއްގެ ގޮތުގައި ކްރިކެޓް ބެޓެއް ދެއްވަން ނިންމެވީ، ރައީސް ޞޯލިހަކީ ކްރިކެޓް ކުޅުމަށާއި ކުރިކެޓަށް ހާއްސަ ލޯތްބެއް ކުރައްވާ ބޭފުޅަކަށް ވުމުން ކަމަށެވެ.
މޯދީ ހަދިޔާކުރެއްވި ކްރިކެޓް ބެޓުގައި އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިން ކަމަށްވާ ވިރާތު ކޯލީ، މަހެންދުރަ ސިންގް ދޯނީ، ހާޑިކް ޕަންޑިއާ ފަދަ ކުޅުންތެރިން ވަނީ ސޮއިކޮށްފައިވެއެވެ.