ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ވެރިކަމާއި އެކު އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިވެއްޖެ ކަމުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯޯދީ ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ހާއްސަ ބައްދަލުވުމުގައި ވާޙަކަދައްކަވަމުން މޯދީ ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަމާއި އެކު ދެގައުމުގެ ގުޅުން ކުރިއަށްވުރެ ބަދިވެއްޖެ ކަމުގައެވެ. 

އަދި ރާއްޖެއަށް ދިމާވާ ކޮންމެ ދަތިކަމެއްގައި އެންމެ ފުރަތަމަ އެހީވާ ގައުމަކަށް އިންޑިއާ އަބަދުވެސް ވާނެކަން މޯދީވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ރާއްޖެއާއި އިންޑިއާއި ދެމެދު މިއަދު ވެވުނު އެއްބަސްވުންތަކުގެ ބޭނުމަކީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި އެ މަޝްރޫއުތަށް ކުރިއަށް ގެންދެވުން ކަމުގައިވެސް މޯދީ ވަނީ ފާހަގަކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *