އިންޑިއާގެ އެހީގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރި ރާޑަރު ސިސްޓަމް އިފްތިތާހުކޮށްދެއްވައިފިއެވެ. 

އެ ސިސްޓަމް އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސް ސޯލިހާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.

ރާއްޖޭގެ އިގްތިސޯދީ ސަރައްދު ބަލަހައްޓަން އިންޑިއާއިން ދީފައިވާ 10 ރާޑަރު ސިސްޓަމުން އެއް ވިއުގަކުން، އިންޑިއާ، ސްރީލަންކާ އަދި މޮރިޝަސްގެ އިތުރުން ސީޝެލްސްގައި ގާއިމުކޮށްފައިވާ ސިސްޓަމުތަކާއި ގުޅާލެވޭނެ ނިޒާމެއްކަން ފާހަގަކޮށްލަންޖެހެއެވެ. 

މި ރާޑަރު ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ޑިފެންސްފޯސްއަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

މީގެ އިތުރުންވެސް މިއަދުވަނީ ޅ. މާފިލާފުށީގައި ގާއިމުކުރި ސިފައިންގެ ކޮމްޕޮސިޓް ޓްރެއިންގް ސިސްޓަމް އިފްތިތާހު ކުރައްވިގެން ގޮއްސައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *