އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަންނަން ފުރާ ވަޑައިގެންފިއެވެ. އެމަނިކުފާން ރާއްޖެ އަންނަން ހަމަޖެހިފައވާ ހަވީރު 3 ޖަހާކަށް ހާއިރަށެވެ.

މޯދީ ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅުގައި ރައިސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހް އާއި އެކު ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެއެވެ. މީގެ އިތުރުން މަޖިލީހުގައި އެމަނިކުފާނު ތަގްރީރުކުރައްވަން ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދެ 5 ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެއެވެ.

ރާއްޖެއާއި އިންޑީއާ ސަރުކާރާއި ދެމެދު ފަސް ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި ސިވިލް ސާރވިސް މުވައްޒަފުން ތަމުރީނު ކުރުމާއި ބެހޭ އެއްބަސްވުމަކާއި ކަސްޓަމްސް ދާއިރާ އިން އެކުލަވާލެވޭ އެއްބަސްވުމަކާއި ދިވެހި ޒުވާނުން ހުނަރުވެރިކަން އިތުރުކުރުމަށް ވެވޭ އެއްބަސްވުމެއް ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މީގެއިތުރުން ރާއްޖެއިން ކޮޗިންނަށް ފެރީގައި ދަތުރުކުރަން ފެށުމުގެ ގޮތުން އެކުލަލާވާ އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މި އެއްބަސްވުމުގެ ދަށުން މާލެ އާއި ކުޅުދުށްފުށިން ކޮޗިންނަށް ދަތުރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި އިންޑިއާގެ ބޮޑު ވަޒީރު ކަމަށް ދެވަނަ ދައުރަކަަށް އިންތިހާބު ވުމަށްފަހު ރާއްޖެއަށް މޯދި މި ކުރައްވާ ދަތުރުފުޅަކީ އެމނިކުފާނުގެ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *