އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރައްވާއިރު، ހިންދީ ބަހުން ތަގްރީރު ކުރައްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

މޮދީ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރައްވާނީ ހިންދީ ބަހުންކަން މިހާރު ވަނީ މަޖިލީހުންވެސް ކަށަވަރު ކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މޯދީ ހިންދީ ބަހުން ތަގްރީރު ކުރައްވާއިރު، މެމްބަރުންނަށް ތަގްރީރު ދިވެހި ބަހުން އަޑު އެހޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭ 18:45 ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މޯދީގެ މި ޒިޔާރަތުގައި، ފަސް ދާއިރާއަކުން ޖުމްލަ 6 އެއްބަސްވުމެއްގައި ދެގައުމުގެ މެދުގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *