ސަލްމާން ޚާން އަދި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ ފިލްމު، "އިންޝާﷲ" މިއަންނަ އަހަރުގެ ފިތުރުއީދު ދުވަހު ރިލީޒް ކުރަން ނިންމައިފިއެވެ.

އިންޑިއާގެ ބައެއް ބޮލީވުޑްގެ ހަބަރުތައް ފަތުރާ ނޫސްތަކުން ވަނީ ކުރިންވެސް "އިންޝާﷲ" ރިލީޒް ކުރާނީ އަންނަ އަހަރުގެ ފިތުރު އީދުގައި ކަމަށް ބުނެ ރިޕޯޓް ކޮށްފައެވެ. ނަމަަވެސް މިހާރު އެކަން ވަނީ އެ ފިލްމުގެ ޓީމުންވެސް ރަސްމީކޮށް އިިއުލާންކޮށްފައެވެ.

"އިންޝާﷲ" މީގެ ކުރިންވެސް ވަރަށް ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރު، ސަންޖޭލީލާ ބަންސާލީއެވެ. 

"އިންޝާﷲ" ވެގެން ދަނީ ޒުވާން ކުޅަދާނަ ބަތަލާ އާލިއާ ބަޓް އަދި ސަލްމާން ހާން ފިލްމަކުން އެކީ ފެނިގެންދާ ފުރަތަމަ ފިލްމަށްވެސް މެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގައި ކިޔައިދެނީ އުމުރުގެ ބޮޑު ތަފާތެއް ހުރި ނުފޫޒު ގަދަ ވިޔަފާވެރިއަކާއި ޒުވާން ބަތަލާއެއްގެ ވާހަކައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *