ސިނަމާލެ ބުރިޖު ހައިވޭގައި ދުއްވާފައި ދިޔަ ކާރެއްގެ ފުރޮޅު ފަޅައިގެން ގޮސް، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ބުރިޖު ހައިވޭގައި ދުއްވާފައި ދިޔަ އެ ކާރުގެ ފުރޮޅު ފަޅައިގެން ދިޔައީ، ކާރު ކޮންޓްރޯލް ނުވެގެން ގޮސް، ހައިވޭގައި ހުންނަ ފެންސްތަކުގައި ޖެހިގެންނެވެ.

ރޭ ދަންވަރު، 2:30 ހާއިރު ހިނގި އެ އެކްސިޑެންޓްގައި، އެއްވެސް މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް، އެ ކާރަށާއި، ކާރު ޖެހުނު ފެންސްތައް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، އެކްސިޑެންޓްވި ކާރު ދުއްވަން އިނީ، ލައިސެންސް އޮންނަ ޑްރައިވަރެކެވެ. 

ފުލުހުން ވިދާޅުވީ މިހާރު ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުން ކަމަށެވެ.

މިދުވަސްވަރަކީ، ރާއްޖޭގެ އެކި ހިސާބުތަކުގައި، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާ ދުވަސްވަރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *