ޔުއެފާ ނޭޝަންސް ލީގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ސްވިޓްޒަލޭންޑްއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ލިބުނު އަނިޔާ އާއި ގުޅިގެން ޕެޕޭ އަށް ކުރިއަށް އޮތް ފައިނަލް މެޗުގައި ނުކުޅެވޭނެއެވެ.

އަނިޔާގެ ސަބަބުން އަންނަ އާދިއްތަ ދުވަހުގެ ރޭ ނެދަލޭންޑްސްއާ ދެކޮޅަށް ޕޯޗުގަލް ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ޕެޕޭ އަށް ކުޅުމުގެ ފުރުޞަތު ގެއްލިފައިވާކަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޔަގީންކޮށްދީފައެވެ. އެގޮތުން، ޕޯޗުގަލްގެ މެޑިކަލް ޓީމުން ހެދި ޓެސްޓުތަކަށްފަހު ޕެޕޭގެ ކަނާތު ކޮނޑުހުޅުގައި ރެނދެއްލާފައިވާކަން ވަނީ ކަށަވަރުވެފައެވެ.

ސްވިޓްޒަލޭންޑްއާ ދެކޮޅަށް ކުޅެ 3-1 ގެ ނަތީޖާއަކުން މޮޅުވެ ޕޯޗުގަލް ފައިނަލަށް ދަތުރުކުރިއިރު ޕެޕޭ އަށް ލިބުނު އަނިޔާ އާއި ގުޅިގެން ބަދަލުކުރީ އެ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ 15 ވަރަކަށް މިނެޓުގެ ތެރޭގައެވެ.

ޕޯޗުގަލްގެ ޕޯޓޯ އަށް މިހާރު ކުޅެމުން އަންނަ އުމުރުން 36 އަހަރުގެ ޕެޕޭ ވަނީ ގައުމީ ޓީމަށް މިހާތަނަށް 106 މެޗު ކުޅެދީ ހަތް ގޯލް ކާމިޔާބުކޮށްފައެވެ.

އެންމެފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކުރިއަށް އޮތް ފައިނަލް މެޗުގައި ޕެޕޭގެ ބަދަލުގައި ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ދޭނެކަމަށް ބެލެވެނީ ތަޖުރިބާކާރު ޑިފެންޑަރު ހޯސޭ ފޮންޓޭއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *