އިންޑީއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް މާދަމާ ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި 5 ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކޮށް، ރާއްޖެއާއި އިންޑިއާއި ދެމެދު އެކުލަވާލެވޭ ކޯސްޓަލް ރާޑަރ ސިސްޓާމް އިފްތިތާހު ކުރުން އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މޯދީގެ ދަތުރުފުޅާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް ވިދާޅުވީ، މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާލެ ވަޑާއިގަންނަވާނީ މާދަމާގެ މެންދުރު ފަހުގެ ވަގުތެއްގައިކަމަށާއި މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހަވީރު 16:00 ގައި ޖުމްހޫރީ މައިދާނުގައިކަމަށެވެ.

ރާއްޖެއާއި އިންޑީއާ ސަރުކާރާއި ދެމެދު ފަސް ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި ސިވިލް ސާރވިސް މުވައްޒަފުން ތަމްރީނު ކުރުމާއި ބެހޭ އެއްބަސްވުމަކާއި، ކަސްޓަމްސް ދާއިރާ އިން އެކުލަވާލެވޭ އެއްބަސްވުމަކާއި ދިވެހި ޒުވާނުން ހުނަރުވެރިކަން އިތުރުކުރުމަށް ވެވޭ އެއްބަސްވުމެއްގެ އިތުރުން ރާއްޖެއާއި އިންޑިއާގެ ކޮޗިން އާއި ދެމެދު ޕެސެންޖަރ އަދި ކާގޯ ފެރީގެ ދަތުރުތައް ފެށުމުގެ އެއްބަސްވުމެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ދުވަހަށް ރާއްޖެއަށް މޯދީ ކުރައްވާ ދަތުރުފުޅުގައި 100 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވާއިރު ރަސްމީވަފުދުގައި ހިމެނެނީ 10 ބޭފުޅުން ކަމުގައިވެސް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މޯދީގެ މި ދަތުރުފުޅަކީ ދެ ވަނަ ދައުރަކަށް އެމަނިކުފާނު އިންތިހާބުވުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *