ދިވެހި މުޖުތަމައު އިސްލާހު ކުރެވޭނީ އީމާން ކަމާއި އަޤީދާ ވަރުގަދަކޮށްގެން ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނީ މަސްތުވާތަކެއްޗާއި، މީހުން މެރުމާއި، އަހުލާޤީ ކުށްތައް ރާއްޖޭގައި އާންމުވެފައިވާ ކަމަށެވެ.

"މުސްލިމު އަހުންނޭވެ! އަޅުގަނޑުމެންގެ މުޖުތަމައު އިސްލާހުކޮށް، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ބޮޑެތި ޖަރީމާތަކުންނާއި، ފާޙިޝް އަމަލުތަކުން މުޖުތަމައު ސަލާމަތް ކުރެވޭނީ އަޤީދާ އާއި އީމާންކަން ވަރުގަދަކޮށް، ﷲ އަށް ފުރިހަމައަށް އީވާންވެ، ޣައިބުގައިވާ އެންމެހައި، ކަންތައްތަކަށް ފުރިހަމަ މާނައިގައި އީމާންވެގެންވެ."

ހުތުބާގައި ބުނީ ހަޤީޤީ ކާމިޔާބީ އާއި ބާއްޖަވެރިކަން ވަނީ މާތް ﷲ އަށް ފުރިހަމައަށް އީމާންވުމުން ކަމަށެވެ.

"އިންސާނާގެ ހަޤީޤީ ކާމިޔާބީ އާއި ބާއްޖަވެރިކަން ވަނީ މާތް ﷲ އަށް ފުރިހަމަ މާނައިގައި އިވާންވުމުންނެވެ. މި އީމާންކަމަކީ އިސްލާމްކަމުގެ އަސާސެވެ. އި އީމާން ކަަަމަކީ އިސްލާމްދީނުގެ އަސާސެވެ. އެހެންކަމުން ދުންޔަވީ ހަޔާތުގައި އުފަލާއި އަރާމާއި، އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެންނެވެ." ހުތުބާއިވެއެވެ.

މީހާގެ އުޅުމާއި އަމަލުތަކުގެ ސަބަބުންވެސް އީމާންކަން ބަލިކަށިވެގެންދާކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ހަމަކަށަވަރުން ހެދުން ބާވެ، ވީރާނާވާ ފަދައިން ތިޔަބައިމީހުންގެ ހިތުތެރޭގައި އީމާންކަމުގެ ނޫރު ފަނޑުވެގެންދެއެވެ. ފަހެ، އީމާންކަން ތާޒާކޮށްދެއްވުން އެދި ތިޔަބައިމީހުން ﷲ އަށް ދަންނަވާހުށިކަމެވެ"

މީގެ އިތުރުން ވާޖިބުތައް އަދާކުރަމުންދާއިރު ވެސް ވަރަށް ފަސޭހައިން ކުށްފާފަތަކަށާއި، މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަނެވޭ ނަމަ އެއީ އީމާންކަން ބަލިކަށިވުމުގެ އަލާމާތެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ހަޤީޤީ މުއުމިނުންގެ ވާހަކަ ބަޔާންކުރައްވާ މާތްﷲ ވަހީކުރައްވާފައިވާ ވަހީބަސްފުޅެއްގެ މާނައިގައިވެއެވެ.

"މުއުމިނުން ވާކަން ކަށަވަރީ، ﷲ ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ(ބާއްވައިލެއްވި) އާޔަތްތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ އީމާންކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލުކުރާ މީހުން ކަމުގައެވެެ."

ހުތުބާ ނިންމާލަމުން ވަނީ ކުށްފާފަތަކަށް ތައުބާވެ، އީމާންކަން ވަރުގަދަކޮށް ހެޔޮއަމަލުތައް ގިނަކޮށް، އުހުރަވީ ހަޔާތުގެ ފޮނި މީރުކަން ހޯދުމަށް ވަސިއްޔަތް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *