މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކާރެއް ފުނޑުފުނޑު ވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބުރިޖުން އައި ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް މެރިން ރިސާރޗް ސެންޓަރުގެ ފާރުގައި ޖެހިގެންނެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގީ މިރޭ 1:47 އެހާކަންހާއިރު ކަމަށެވެ.
އަދި މި އެކްސިޑެންޓްވި ކާރުދުއްވަންއިން 34 އަހަރުގެ ފިރިހެންމީހާއަށް އަނިޔާވެފައިވާ ކަމަށާއި، އޭނާއަށް ސެނަހިޔާގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވި ކާރުގައި އިތުރު ބަޔަކު ނެތް ކަމަށާއި، ކާދު ދުއްވަންއިން މީހާއަކީ ލައިސަންސް އޮންނަ މީހެއް ކަމަށެވެ
މީގެ އިތުރުން އެކްސިޑެންޓްވި ކާރަކީ އެހެން ޒޯނެއްގެ ކާރެއް ކަމަށާއި ކާރު ދުއްވަންއިން މީހާގެ ލައިސަންސް އަތުލައި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.