ހުޅުމާލޭ ފަޅުގައި އޮތް ކަންނެލި ދޯންޏެއް އަޑިއަށް ގޮސްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަޑިއަށް ގޮސްފައިވަނީ، "ކުރި" ނަމަކަށް ކިޔާ ދޯންޏެކެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ނަމަވެސް މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެެއް ނުވެއެވެ.